ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބަދަލުކޮށް، އެމްޑީޕީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުވަޒީރުކަމުގެ ހުވަފެން ހަގީގަތަކަށް ހަދަން އެމްޑީޕީ ގުރުބާން ކުރެވިގެން ނުވާނެ ކަމަށް އެ ޕާޓިގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީ ވިދާޅުވެއްޖެއެވެ.
ޝުއައިބު މިހެން ވިދާޅުވީ، ރައީސް ނަޝިދު ކުރައްވަމުން ގެންދަވާ ކަންކަންތައް ހުއްޓުވައި ދެއްވުމަށް އެދި، އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަލް ލަތީފަށް ފޮނުއްވި ސީޓިއެއްގައެވެ.
އެސީޓިގައި ޝުއައިބު ވިދާޅުވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، ގާނޫނީ މަސްއޫލިއްޔަތުން އެކަހެރި ކުރެއްވުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހަސަން ލަތީފަށް ފޮނުއްވާފައިވާ ސިޓީފުޅަކީ، ޕާޓީގެ އުސޫލުތަކާއި ހިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުން ކުރެއްވުމަށް ބާރު އަޅުއްވައި ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނު އަމިއްލަފުޅު ސީޓިއެއް ކަމަށާއި އެއީ ހިޔާޅުފުޅެއް ކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ.
ޝުއައިބު ވިދާޅުވީ، ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު އެ ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހުގައި ކަމަށެވެ. ޗެއާޕާސަންގެ ހައިސިއްޔަތުން އެކަން ހުޓުވައިދެއްވުމަށް ޝުއައިބު ވަނީ ހަސަން ލަތީފުގެ ކިބައިން އެދިވަޑައިގެންފައެވެ.
"އެ ރޫހުގައި ޕާޓީގެ ގެ ރޫހާނީ ލީޑަރު، ރައްޔިތުންގެ ނުހަނު ލޯބި ލިބިވަޑައިގެންފައިވާ، އަދި ރާއްޖޭގެ ރައީސް ކަން ކުރައްވާފައިވާ، ބޭފުޅަކު ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތަށް އެކަނި ލިބިފައިވާ ބާރެއްގެ ބޭނުން ރައީސް ނަޝީދު ޕާޓީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވަން ފެއްޓެވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ކުރައްވައިގެންވާނެ ކަމެއްވެސް ނޫން، އެކަން ޕާޓީގެ ފަރާތުން ހުއްޓުވަން ހުންނެވި ފަރާތަކީ ޕާޓީގެ ޗެއަޕާސަންގެ މަގާމުގައި މިވަގުތު ހުންނެވި މަނިކުފާނުކަން ފާހަގަ ކުރަން،"
ޝުއައިބު ވިދާޅވުީ، ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
ފަސް އަަހަރު ދުވަހުގެ ތެރޭގައި މި ވެރިކަން ބަދަލުކޮށް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރަން ނުރުހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތުގެ ތެރެއިން ބޮޑުވަޒީރަކާ ސަރުކާރު ހަވާލު ކުރުމަކީ، ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި، ރައްކާތެރި ގޮތް ކަމަށް ނުދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝުވެއިބު ވިދާޅުވީ ހަމަ އެގޮތަށް ރައީސް ނަޝީދުގެ ވެރިކަން ވެއްޓި އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ކޮށް ޖަލަށް ލުމުން، އެމަނިކުފާނު ޖަލުން ސަލާމަތް ކުރަންވެސް މުޅި ޕާޓީއާއި އެތައް ބަޔަކު ގުރުބާން ވެފައިވާ ކަމަށެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ