ކޮވިޑާ ގުޅިގެން ދުނިޔެއިން އެންމެ ރައްކާތެރި ގައުމުތަކުގެ ލިސްޓުގެ 63 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.
ފޯބްސް އިން ތައްޔާރުކޮށް ނެރެފައިވާ ރިޕޯޓުގައި ވާގޮތުން ކޮވިޑުގެ މިހާލަތުގައި ދުނިޔޭގައި އޮތް އެންމެ ރައްކާތެރި ގައުމަކީ ޖަރުމަނުވިލާތެވެ.
އެރިޕޯޓުގައި 63 ވަނައިގައި ރާއްޖެ ހިމެނިފައިވާއިރު ލިސްޓުގައި އަވައްޓެރި ސްރީލަންކާ ހިމެނިފައިވަނީ 92 ވަނައިގައެވެ. އިންޑިއާ ހިމެނިފައިވަނީ ލިސްޓުގެ 80 ވަނައިގައެވެ.
ފޯބްސް އިން ތައްޔާރު ކޮށްފައިވާ ރިޕޯޓްގައި ބަލާފައިވަނީ ގައުމުގައި ބަލި ފެތުރޭ ނިސްބަތަކަށް ނޫނެެވެ. އެރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެގައުމެއްގެ އެތެރޭގެ ހަމަޖެހުމާއި ކަރަންޓީނާއި ލޮކްޑައުން ކުރުމާއެކު ގައުމުގެ ރައްޔިތުންގެ ފަރާތުން އެފިޔަވަޅުތައް ބަލާފައިވާ މިންގަނޑު ތަކަށެވެ.
މީގެ އިތުރުން އެގައުމެއްގައި ކޮވިޑާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތަކުގެ އިތުރުން މޮނިޓާ ކުރުމާއި ބަލި ދެނެގަތުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެގައުމުތަކުގެ ސިއްހީ ނިޒާމުގެ ހާލަތަށްވެސް ބަލާފައި ވެއެވެ.
ފޯބްސްގެ ރިޕޯޓުގައިވާގޮތުން ކޮވިޑްގެ ސަބަބުން ދުނިޔޭގެ އެންމެ ނުރައްކާ ގައުމުތަކުގެ ގޮތުގައި ހިމަނާފައިވަނީ ސޯމާލިއާގެ އިތުރުން ދެކުނު ސޫދާނާއި އަފްގާނިސްތާނު އަދި މާލީ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ