އީރާނުގެ ބާކީ އޮތް ބައި ސުންނާފަތިކޮށްލަން ޖެހިދާނެ ކަމަށާއި، އެ ގައުމު އަލުން އާރާސްތުކުރުމަށް 25 އަހަރު ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިއްޔެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ކުރި ހަނގުރާމައަށް ފަހު އީރާން އަލުން ބިނާކުރުމަށް 25 އަހަރު ހޭދަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ވެގެންވާ ނަމަ އެ ގައުމު ސުންނާފަތިކޮށްލަން ބޭނުންފުޅު ނުވާ ކަމަށާއި، ނަމަވެސް އެކަން ކުރަން ޖެހިދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅުއްވާ ނަމަ “ވަރަށް އަވަހަށް އެކަން އެނގިގެންދާނެ” ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ މީގެ ކުރިން ދުވަހަކުވެސް އުފައްދާފައި ނުވާހާ ގިނަ ހަތިޔާރު އުފައްދަމުން ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ޓްރަމްޕް މި ވާހަކަތައް ދެއްކެވީ އެމެރިކާގެ މިޑްޓާމް އިންތިހާބު ނިމުމާ ގުޅިގެން، ގައުމީ ސަލާމަތާ ބެހޭ މުޝީރުންނާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމަކަށް ފަހުގައެވެ.
އެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް އަލުން ފެށުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ނައްތާލެވިފައިވާކަން ކަށަވަރުކުރުމަށާއި، އެފަދަ ކަމެއް ދެން ދުވަހަކުވެސް ތަކުރާރު ނުވާނެކަން ޔަގީންކުރުމަށްޓަކައި އިތުރު ހަމަލާތަކެއް ދޭންވީތޯ ނިންމަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް