ހއ. ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ %61 ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ގާ އެތުރުމުގެ މަސައްކަތާއި، ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތުގެ އިތުރުން ސަބްބޭސް ފިލް ލެވެލް ކުރުމުގެ މަސައްކަތާއި ކޮނުމުގެ މަސައްކަތެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 8103 ސްކުއެއާ މީޓަރު ސަރަހައްދެއް ސާފުކުރުމާއި ކޮނުމާއި ފެން ހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި މަޝްރޫއަކީ 2.53 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ