މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ "ހުނަވަރު" ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކް އެޕްރެންޓިސްޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.
ހުނަރުވަރު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މެރިން އިންޖީނު މަރާމާތުކުރުމާއި، ބެލެހެއްޓުމުގެ ދާއިރާއިން ޒުވާނުންނަށް ފަންނީ އިލްމާއި އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމެވެ.
އެމްޓީސީސީއިން ބުނީ އެ ޕްރޮގްރާމުގެ އާފްޓާސޭލްސް ވޯކްޝޮޕްގައި މަސައްކަތް ކުރުމަށް ދިހަ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ވޯކްޝޮޕްގައި އިންޖިނިއަރިން އަދި ސާވިސް އޮޕަރޭޝަންތަކުގެ ތެރޭގައި އަމަލީ ގޮތުން މަސައްކަތްކޮށް ދާއިރާގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ޕްރޮގްރާމުގެ ބައެއްގެ ގޮތުން ސ3ީ މެރިން މެކޭނިކް ކޯސް ހުރިހާ ބައިވެރިންވެސް ފުރިހަމަކުރަން ޖެހޭނެކަމަށް އެމްޓީސީސީން ބުންޏެވެ.
ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކަކީ އޯލެވެލް ފެންވަރަށް ތައުލީމު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށް އެމްޓީސީސީން ބުންޏެވެ. ޕްރޮގްރާމްގެ ބައިވެރިންނަށް އެޕްރެންޓިސްޝިޕްގެ މުއްދަތުގައި 8،000 ރުފިޔާގެ އެލަވަންސެއް ލިބޭނެކަމަށާއި، ޕްރޮގްރާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަސްކަމަށް އެމްޓީސީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ރަންގަޅު ކަމެކެވެ ވިސްނުން
Hamid - 3 ދުވަސް ކުރިން