ކ. ގިރިފުށީގައި ހިންގާ ތަމްރީނު މަރުކަޒު ތަރައްގީ ކުރުމުގެ ގޮތުން، ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފިއެވެ.
އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.
އެ މަޝްރޫއު ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
އެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ޓަކައި އެކަށައަޅުއްވާފައިވާ އިސްތިރާޖީ ލަނޑުދަނޑިތަކުގެ ތެރެއިން ފެށިގެންދާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ މަޝްރޫއުގެ މައިގަނޑު އަމާޒަކީ، ސިފައިންނަށް ބޭނުންވާ ތަމްރީނުތަކާއި ވަސީލަތްތައް ޒަމާނީ ފެންވަރަށް ގާއިމް ކުރުން ކަމަށެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފޭސްގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ އިތުރުން، އިތުރު 13.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮއްޓާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ބަނދަރު އަޕްގްރޭޑް ކުރުމުގެ ތެރެއިން އެލް-ބްލޮކް ކީ-ވޯލް ހެދުމާއި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީ ކުރުމާއި 300 މީޓަރުގެ ސްމޯލް އާމްސް ފަޔަރިން ރޭންޖެއް ގާއިމް ކުރުމަށް ވަނީ ރާވައިފައެވެ.
އެ މަޝްރޫއު ނިމުމުން، ގިރިފުށި ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ އޮފިސާ ޓްރެއިނިން ވިންގާއި އެންސީއޯ އެކެޑަމީގެ މުހިންމު ތަމްރީނުތައް ހިންގާ މައި މަރުކަޒަށެވެ
މީގެ އިތުރުން ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި ސަޕޯޓް ނިޒާމްތައް ގާއިމްކުރެވި، ޒުވާނުންނަށް ގައުމީ ހިދުމަތުގެ ތަމްރީނު ދިނުމަށް އެންމެ އެކަށޭނެ މަރުކަޒަކަށް މި ރަށް ބަދަލުވެގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަލީ ޔާމިން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް