ސަރުކާރުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، "މާލޭ ޓެކްސީ" ލައިންގެ ހިދުމަތް ވިލިމާލޭގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެ ރަސްމިއްޔާތުގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން މިއަދު ބުނީ ވިލިމާލޭގައި މިއަދު ފެށިގެން ދިޔައީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ދޭނެ ރައްކާތެރި އަދި އިތުބާރު ހުރި ހިދުމަތެއް ކަމަށެވެ. މާލޭ ޓެކްސީގެ ހިދުމަތަށް އޮތް ބޮޑު ތަރުހީބާއެކު، މިދިޔަ މަހުގެ ތެރޭގައި އެކަނިވެސް 13,000 އަށްވުރެ ގިނަ ދަތުރު ކޮށްދީފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.
މާލޭ ޓެކްސީ ހިދުމަތަށް އިލެކްޓްރިކް 150 އުޅަނދު ގެނެސްފައިވާއިރު، މީގެ ތެރޭގައި ތަފާތު ތިން ސައިޒެއްގެ ކާރުތައް ހިމެނެއެވެ. އެއީ މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރުތަކާއި، އެއާޕޯޓް ދަތުރުތަކަށް ބޭނުންކުރާނެ ބޮޑެތި އުޅަނދުތަކެވެ.
މުހައްމަދު އިޝާން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް