ނަސަންދުރަ ކައިރި ޖެޓީ ސަރަހައްދަށް ފެރީތައް ކައިރި ކުރުމަށާއި ފަސިންޖަރުން އަރުވައި ބޭލުމަށް ވަގުތީ ހުއްދައެއް އެމްޓީސީސީން ދީފިއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.
އެމްޓީސީސީން ރޭ ބުނީ ޕޯސްޓް އޮފީހާއި ބާސެލޯސްއާ ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީ ކައިރި ކުރުމަށާއި މީހުން އަރުވައި ބޭލުމަށް ވަގުތީ ހުއްދައެއް މިހާރު ދީފައިވާ ކަމަށެވެ.
އެ އިއުލާނުގައި އެމްޓީސީސީން ވަނީ ފެރީތައް އޮޕަރޭޓް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު އެނގޭނެ ޗާޓެއް ވެސް ހިއްސާކޮށްފައެވެ.
ނަމަވެސް އެ ސަރަހައްދުގެ މަގުތައް ހަދަމުންދާތީ، އެ މަގުގައި އެއްވެސް އެއްގަމު އުޅަނދަކަަށް ހަރަކާތްތެރިވެ ނޫޅެވޭނެ ކަމަށާއި އަދި އެ ސަރަހައްދު އާންމުކޮށް ބަންދުވާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެ ސަރަހައްދު ބޭނުން ކުރާއިރު އެ ކުންފުނީީގެ މުވައްޒަފުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އަދި އިތުރު މައުލޫމާތު ސާފުކުރުމަށް 1650 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ