ރަށްރަށުގައި އުފެދޭ ވަޒީފާގެ މައްސަލަތައް މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭގޮތަށް ގާނޫނު އިސްލާހުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލަށް އެ އިސްލާހު ހުށަހެޅުއްވީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ، މާލެ ފިޔަވައި އެހެން ރަށްރަށުގައި އުފެދޭ ވަޒީފާއާބެހޭ މައްސަލަތައް އެ މައްސަލައެއް އުފެދުނު ރަށު ކޯޓު މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ.
އެގޮތުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓު ތަކުން ހުށަހެޅޭ ވަޒީފާއާބެހޭ މައްސަލަތައް ހުށަހެޅުނު ކޯޓު މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ހުށަހެޅޭ މައްސަލަތަކުގައިވެސް ގޮތެއް ނިންމާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަމަށްވެސް ބުނެފައިވެއެވެ.
އެފަދަ މައްސަލަތައް ބަލާނެ އުސޫލު، މި ގާނޫނަށް އަމަލުކުރަންފަށާތާހަ މަސްދުވަހުގެ ތެރޭގައި ޓްރައިބިއުނަލުން އެކުލަވާލައި އާއްމު ކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ބިލުގައި ބުނެފައި ވަނީ، ޓްރައިބިއުނަލުން ވަޒީފާގެ މައްސަލަތައް ކުރިއަށް ގެންދަން ޖެހޭނީ އާއްމުކޮށް ހުވާލައިގެން ކަމަށެވެ.
ޓްރައިބިއުލަނުން ހުކުމްކުރާ ފަރާތުން އެ ހުކުމް ތަންފީޒުކުރޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު