ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފިއެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑު ކުށަކަށް ނުވާތީ އެކަން ބަދަލުކޮށް، މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ، އެ ދެ ކުށަކީވެސް ބޮޑެތި ކުށްތައް ކަމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނަސް ގެނަސްގެންނެވެ.
މިހާރު އޮންނަގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ހިމެނެނީ 11 ކުށެކެވެ.
ނަަމަވެސް ބޮޑެތި ކުށްތަކުގެ ގޮތުގައި 12 ކުށެއް ހިމަނައި، އެ ކުށްތަކުގެ ގޮތުގައި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހިމަނައި ކޮމިޓީން އިޖުރާއަތުގެ ގާނޫނުގައި މިއަދު ވަނީ ކަނޑައަޅައިފައެވެ.
މި އިސްލާހާއެކު ބޮޑެތި ކުށްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނެނީ، މީހުން މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތައް އަދި މަނީ ލޯންޑްރިންގެ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކުގެ އިތުރުން އެބާވަތުގެ އިތުރު ކުށްތަކެވެ.
ރޭޕް
ރޭޕް
ރޭޕް
ރޭޕް