ގދ. ހޯނޑެއްދޫން 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ 19 މީހުންނަކީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހެއްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސާމްޕަލް ނެގި 36 މީހުންގެ ތެރެއިން ޕޮޒިޓިވްވި ބައެއް ކަމަށެވެ.
އެ 19 މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި އަށް އަންހެނުންނެވެ. އެއީ އެއް އަހަރުން ދަށުގެ ދެ ކުދިންނާއި އެއް އަހަރާއި 18 އަހަރުން ދަށުގެ އަށް މީހުންނާއި 18 އަހަރާއި 50 އަހަރުގެ ހަތް މީހެއް އަދި 50 އަހަރުން މަތީގެ ދެ މީހެކެވެ.
އެޗްޕީއޭ އިން ބުނީ، މިއީ ކޮމިއުނިޓީ ސްޕްރެޑެއް ނޫން ކަމަށާއި ނަމަވެސް ރަށުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމާށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރާނެ ކަމަށް އެ އެޖެންސީން ބުންޏެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު