އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީ އިން ބުރަ ވަނީ ބުނާ އެއްޗަކަށް ނޫން ކަމަށާއި ނަމަވެސް އެ އެއްޗެއް ބުނާ މީހަކަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވެފައިވަނީ އަވަށްޓެރި އިންޑިއާއާއި ގުޅިގެން އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއާ ގުޅިގެން ވާހަކަ ދެއްކެވި އޯޑިއޯއެއް ހިމެނޭ ޓުވީޓެއް ޝޭއާ ކުރައްވަމުންނެވެ.
އެގޮތުން މި ވީޑިއޯ ކޮޅުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަން މިނިސްޓަރު މާރިޔާ ފާހަގަ ކުރެއްވިއެވެ. އަދި މިއީ އެމަނިކުފާނު "ފެކްޓް"އެއް ފާހަގަ ކުރައްވާ މަދު ފަހަރަކުން ފަހަރެއްގެ ވީޑިއޯއެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ގަބޫލު ކުރުންތަކަކީ ވަކި މީހަކު ބުނުމުން އެކަން ރަނގަޅުވާ ގަބޫލުކުރުން ތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕީޕީއެމް/ޕީއެންސީން މީހަކު ބުނާ އެއްޗަކަށް ވުރެ އިސްކަމެއް ދެނީ ވާހަކަ ދައްކާ މީހާއަށް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ރާއްޖެ ވިއްކާލުމާ ދެކޮޅު" ނަމުގައި އިންޑިއާއަށް އަމާޒުކޮށް މާލޭގައި ސައިކަލު ބުރެއް ބާއްވާފައި ވެއެވެ. އިދިކޮޅުން ވަނީ މި އެއްވުމުގެ ބޭނުމަކީ އިންޑިއާ އިން ރާއްޖޭގެ މައްޗަށް އަތްގަދަކުރުން ހުއްޓުވުން ކަމަށް ބުނެފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ