ދ. ކުޑަހުވަދޫގެ މޮނީޓަރިންގެ ހާލަތު އުވާލައި، އެރަށް އާންމު ހާލަތަށް ގެނެސްފިއެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަހުވަދޫ މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނައީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނީޓަރިންގެ ހާލަތު އެރަށް އިތުރަށް ބާއްވަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
އެގޮތުން މިއަދު ހަވީރު 3:34 އިން ފެށިގެން ކުޑަހުވަދޫގެ މޮނީޓަރިންގެ ހާލަތު އުވާލެވިފައިވާ ކަމަށާއި މޮނިޓަރިންގެ ހާލަތާ ގުޅިގެން ކުޑަހުވަދޫގައި އަޅާފައިވާ ފިޔަވަޅުތައްވެސް ނިމުމަކަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
އިއްޔެ ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެޗްޕީއޭއިން ބުނީ ކުޑަހުވަދޫއިން ޕޮޒިޓިވްވީ، ތިން އަހަރުގެ ބިދޭސީ ކުޑަ ކުއްޖަކާއި އެއް މަހުގެ ކުޑަ ކުއްޖަކާއި 24 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނަކު ކަމަށެވެ.
ކުޑަހުވަދޫ އާންމު ހާލަތަށް ގެނެސްފައިވާއިރު، ގދ. ތިނަދޫވެސް މިއަދު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު