އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހުން ސާމްޕަލް ނަގާފައިވަނީ އައްޑޫއަށް ދިއުމުގެ ކުރިން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
މިދިޔަ މަހުވެސް އައްޑޫއަށް ހޯމް ކަރަންޓީނަށް ދިޔަ އަށް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިއަދު ވަނީ ޅ. ނައިފަރުން ވެސް ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ދ. ކުޑަހުވަދޫން ވެސް ހަތަރު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނުގައި ހުރި ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެ އަތޮޅު ރަސްމާދޫންވެސް މިއަދު ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. އަދި ގދ. ދާންދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ޕޮޒިޓިވްވެފައިވާ އިރު، ބ. އޭދަފުށިން ހަތަރު މީހަކު އަދި ށ. ފީވަކުންވެސް ވަނީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ގިނަވެފައެވެ. އަދި ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ރަށަށް ކޮންމެހެން ދާންޖެހޭ މީހުން ފިޔަވާ އިތުރު މީހުން ނުފޮނުވަށް ނިންމައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު