ބ. އޭދަފުއްޓާއި ށ. ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭދަފުށި ހޯމް ކަރަންޓީނުގައި ހުރި ހަތަރު މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ ތިން މަހުގެ ކުޑަކުއްޖަކާއި ތިން އަހަރުގެ ކުއްޖަކާއި 42 އަހަރުގެ އަންހެނަކާއި 64 އަހަރުގެ އަންހެނެކެވެ.
މީގެ އިތުރުން ފީވަކު ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްްޕީއޭއިން ބުންޏެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ 54 އަހަރުގެ ފިރިހެނެކެވެ.
މިއަދު ވަނީ ޅ. ނައިފަރުން ވެސް ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ދ. ކުޑަހުވަދޫ އިން ވެސް ހަތަރު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނުގައި ހުރި ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެ އަތޮޅު ރަސްމާދޫއިންވެސް މިއަދު ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. އަދި ގދ. ދާންދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު، އައްޑޫއިން ވެސް މިއަދު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
މީގެ ކުރިންވެސް އޭދަފުށި ހޯމް ކަރަންޓީނުގައި ހުރި ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު