ދ. ކުޑަހުވަދޫ އާއި ޅ. ނައިފަރުގައި ހޯމް ކަރަންޓީނުގައި ހުރި އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުޑަހުވަދޫ ހޯމް ކަރަންޓީނުގައި ހުރި ހަތަރު މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ތިން އަހަރުގެ ބިދޭސީ ކުޑަ ކުއްޖަކާއި އެއް މަހުގެ ކުޑަ ކުއްޖަކާއި 24 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ނައިފަރުންވެސް ހަތަރު ދިވެހިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްްޕީއޭއިން ބުންޏެވެ. އެގޮތުން 57 އަހަރުގެ އަންހެނަކާއި 18 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ އަންހެނަކާއި ފިރިހެނެއް މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ނައިފަރާއި ކުޑަހުވަދޫގެ އިތުރުން މިއަދު ވަނީ ރ. އިނގުރައިދޫ އިން ވެސް ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެ އަތޮޅު ރަސްމާދޫން ވެސް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ގދ. ދާންދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ޕޮޒިޓިވްވެފައިވާ އިރު، ށ. ފީވަކުންވެސް މިއަދު ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. އަދި ބ. އޭދަފުށިން އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ އިރު، އައްޑޫއިން ވެސް މިއަދު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.