ކޮވިޑް 19 ކޮންޓްރޯލް ކުރެވެންދެން ދައުލަތުގެ ވަޒީފާ އަދާކުރާ މީހުންނާއި ދައުލަތުުގެ އިނާޔަތްތައް ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހިންނަށް ކާޑުގެ ބާވަތްތައް ކަމަށް ވާ، ހަނޑޫ، ހަކުރު، ފުށް، ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށް ގޮވާލައި ރައްްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރު މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް އުމަރު އެވެ.
މިކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ ކޮވިޑާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ރައްޔިތުން ރަށު ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމާއި ދިވެހިން ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހުމާއި، މީހުންނަށް ލިބެމުންދިޔަ އާމްދަނީ އެއްކޮށް ހުއްޓުމާއި ވަޒީފާތައް ގެއްލި މީހުންގެ ހާލަތު ވަރަށްބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމުން ރާއްޖެ ކޮންޓްރޯލް ނުކުރެވި އިތުރު ލޮކްޑައުންއަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ސިއްހީ މާހިރުން ދެމުން ގެންދާތީ އާއި އާމްދާނީއެއް ލިބޭނެގޮތެއް ނެތި ގިނަ ދުވަސްތަކެއް ވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ ރައްޔިތުންގެ ބަނޑު ފުރާނަ މުއްތިކުރުމަށް ބޭނުންވާ ފުރާގު ރައްޔިތުންނަށް ލިބޭނެ ގޮތް ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންނަށް މަސައްކަތްކުރަން ޖެހޭ ހާލަތަކަށް ކޮވިޑް 19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވެންދެން ދައުލަތުގެ ވަޒީފާ އަދާކުރާ މީހުންނާއި ދައުލަތުގެ އިނާޔަތްތައް ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހިންނަށް ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ ހަކުރު ފުށްސަރުކާރުން ހިލޭ ފޯރުކޮށްކޮށްދިނުމަށް ގޮވާލާކަމަށް މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން، ޝަރީފް ވިދާޅުވިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން ޖަލްސާގައި ތިއްބެވި 39 މެންބަރުންގެ ތެރެއިން އެ ކުއްލި މައްސަލަ ބަލައި ގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ.
މައްސަލަ ބޭރުކޮށްލީ، މައްސަލަ ބަލައިގަނެ ބަހުސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ކުއްލި މައްސަލަ