ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ރައީސް މައުމޫން ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ބަލީގައި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް މައުމޫނަށް ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
ރައީސް މައުމޫން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް ވަނީ 135 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 109 ދިވެހިން ހިމެނެއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމުލަ އަދަދު 7000 އިން މައްޗަށް ވަނީ އަރައިފައެވެ. އަދި މި ބަލީގައި 2580 މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހަކު ވަނީ މަރުވެފައެވެ. އެއީ 22 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ. މި ބަލީގައި ރާއްޖެއިން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫން އަބްދުލް ގައްޔޫމް