ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން 10 ހޮސްޕިޓަލަކަށް ޕީޕީއީ ހަދިޔާ ކޮށްފި އެވެ.
ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި އެ ބޭންކުން 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާ ކޮށްފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
އެގޮތުން ބީއެމްއެލް އިން ފޭސް ޝީލްޑް ހަދިޔާ ކުރި ހޮސްޕިޓަލު ތަކަކީ؛
ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިވަގުތަށް އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ދެކޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތްތެރިކަން ހޯދުމަށް މިވަގުތު އެމީހުންނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކުރެވިގެންދާކަމީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ބީއެމްއެލް އިން ޝުކުރު އަދާ ކުރިއެވެ.
ބީއެމްއެލް އިން ވަނީ ކޮވިޑް 19 އާ ގުޅިގެން ކަސްޓަމަރުންގެ ރައްކާތެރިކަމަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ ފަދައިން މަގުފަހިކޮށް، އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުމާއި ޝޯޓް ޓާމް ފައިނޭންސިން އެއް ބީއެމްއެލް އިން ތައާރަފު ކޮށްފައި ވެއެވެ.
މީގެ އިތުރުން ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތައް ފަސްކޮށްދިނުމާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތައް ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދިނުމާއި، ސަރުކާރުގެ ކޮވިޑް 19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރަން ފަށާފައިވެއެވެ.