އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އެ ކޯލިޝަނުން މާދަމާ ކ. މާފުށީ ބޭރުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަނޑުމަތީގެ އިހުތިޖާޖާ ގުޅިގެން އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން މާދަމާ ހެނދުނު 10:00 އަށް ފުލުހުން ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ހާޒިރުވާން އަންގާފައިވަނީ އިސްކަންދަރު ކޮއްޓަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މީގެ ކުރިން ބުނީ، މާފުށީ ކައިރީ ކަނޑުމަތީ މާދަމާ ކުރިއަށްގެންދަން ރާވާފައިވާ އިހުތިޖާޖުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިންނާއި މާލެ އަތޮޅުގެ ރަށްރަށުގެ ގިނަ ރައްޔިތުން ވެސް ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.
މާފުށި ބޭރުން ކަނޑުމަތީގައި އިހުތިޖާޖުކުރަން އިދިކޮޅުން ނިންމީ މާފުށީ ޖަލުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދު ކޮށްފައި ހުންނެވުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނާއި މިހާރުގެ ސަރުކާރުން ރާއްޖޭގެ ހަރުމުދާ ވިއްކައި އަދި ހިންގަމުން ގެންދާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަަށް އަޑުއުފުލުމުގެ ގޮތުން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ ހުކުރު ދުވަހު "ރާއްޖެ ވިއްކާލުމާ ދެކޮޅަށް"ގެ ނަމުގައި މުޒާހަރާތައް ކުރުމަށްވެސް އެކޯލިޝަނުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު