އިންޑިއާ އިން އެއްދުވަސްތެރޭ މިލިއަނަކަށްވުރެ ގިނަ ކޮވިޑް ޓެސްޓު ކޮށްފިއެވެ.
އިންޑިއާއިން މިދިޔަ ހުކުރު ދުވަހު އެއް މިލިއަނަށް ވުރެން ގިނަ ކޮވިޑް ޓެސްޓު ކޮށްފައިވާއިރު މިއީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވައުދުވެވަޑައިގެންފައިވާ ޓެސްޓު ކުރުމުގެ ނިޒާމަށް ބަދަލު ގެނެސް މިލިއަނަކަށްވުރެ ގިނަ ޓެސްޓުކުރުމަށް ކަނޑައެޅި އަމާޒު ހާސިލްވެގެން ދިޔަ ކަމެކެވެ.
ކޮވިޑްގެ ޓެސްޓުތައް އިތުރުކުރި ނަމަވެސް ޓެސްޓު ކުރުމަށް ބޭނުންކުރާ ވަސީލަތާމެދު ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދައިފައެވެ.
އިންޑިއާއިން މިހާ ގިނަ ޓެސްޓު ހަދާފައިވަނީ ރެޕިޑް އެންޓި ޖެން ޓެސްޓު ހަދައިގެންނެވެ. ރެޕިޑް އެންޓި ޖެން ޓެސްޓަކީ އަވަހަށް ނަތީޖާ ލިބޭ ޓެސްޓެކެވެ. 15 މިނެޓާއި 20 މިނެޓާ ދެމެދުގެ ވަގުތެއްގައި މިޓެސްޓުގެ ނަތީޖާ ލިބެއެވެ. ނަމަވެސް މިޓެސްޓަކީ ޓެސްޓުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ވަރުގެ ޓެސްޓަކަށް ވާއިރު ޓެސްޓުގެ ނަތީޖާގެ ކަށަވަރުކަން ޔަގީން ވާނީ 50 އިންސައްތައިގެ ޓެސްޓުގެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑަށް ޓެސްޓު ކުރަން ބޭނުންކުރަނީ ޕީސީއާރު ޓެސްޓެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ޕީސީއާރު ޓެސްޓުވެސް ކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ