އިންޑިއާ އިން އުފައްދާ ކޮވިޑް ވެކްސިން މިއަހަރު ފަހުކޮޅު ބާޒާރަށް ނެރޭނެކަން އިއުލާން ކޮށްފިއެވެ.

އިންޑިއާގެ ޔޫނިއަން މިނިސްޓަ އޮފް ހެލްތު އެންޑް ފެމެލީ ވެލްފެއާ ހަރްޝް ވަރްދަން ވިދާޅުވީ އިންޑިއާގައި ކޮވިޑަށް ވެކްސިނެއް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާއި ހަތަރެއް ނޫނީ ފަސް މަސްތެރޭ އިންޑިއާގެ ކޮވިޑް ވެކްސިން ބޭނުންކުރަން ފެށޭނެ ކަމަށެވެ.

އިންޑިއާއިން އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމު އަންނަ ތިން ވެކްސިންގެ ތެރެއިން އެއް ވެކްސިންގެ ޓެސްޓުތަކުގެ ތިނަ ވަނަ މަރުހަލާ ފަށާފައިވާއިރު މިވެކްސިން ގެ ނަތީޖާ ރަނގަޅު ކަމަށް އެގައުމުގެ ކޮވިޑް ޓާސްކުފޯހުން ވަނީ ބުނެފައެވެ.

ޓެސްޓުތަކުގެ އެންމެ ފަހު މަރުހަލާގައި އޮތް ވެކްސިން އުފައްދާ ކުންފުނި ބާރާތު ބަޔޯ ޓެކް އިން ވަނީ އެކުންފުނީގެ ވެކްސިން ބާޒާރަށް ނެރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ބުނެފައެވެ.

އިންޑިއާ އަކީ ދުނިޔޭގައި ތިންވަނަ އަށް އެންމެ ބާރަށް ކޮވިޑް ފެތުރެމުން އަންނަ ގައުމެވެ. އެގައުމުން މިހާތަނަށް 2.9 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.