ކުއްލި ޚަބަރު

ބިލެއްދޫ ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ

1

ފ. ބިލެއްދޫ މަހަށް ދާ ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު "ވަން" އަށް ވިދާޅުވީ ފާނަ މަސްވެރިކަމަށް ނުކުމެ އުޅުނު ބިލެއްދޫ ދޯންޏެއްގެ މީހަކު މަރުވެގެން އެރަށަށް މިއަދު ގެނެސްފައިވާ ކަމަށެވެ. މިއަދު ހަވީރު 5:25 ހާއިރު އޭނާ ރަށަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ މަރުވެފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފު ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ގުރައިދޫގެ ދެކުނުން މަސްވެރިކަމަށް ނުކުމެ އުޅުނު "ރާސްތާ" ދޯނީގައި ހުރި އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު ކާން އިންދައި ނޭވާލާން އުނދަގޫ ވެގެން މިއަދު ހަވީރު 4:20 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އޭނާ ގުރައިދޫއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ބުންޏެވެ.