އދ. އޮމަދޫ އާއި ރ. އިނގުރައިދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އދ. އޮމަދޫ ހޯމް ކަރަންޓީންގައި ހުރި 58 އަަހަރުގެ އަންހެނެއް ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަކުރުމުން ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ރ. އިނގުރައިދޫ ހޯމް ކަރަންޓީންގައި ހުރި 36 އަހަރުގެ އަންހެނެއްވެސް ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާވެސް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލްގެ ނަތީޖާއިންނެވެ.
ރ. އިނގުރައިދުއާއި އދ. އޮމަދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިއަދު ވަނީ ކ. ގުޅީ ހޯމް ކަރަންޓީންގައި ހުރި ދެ މަހުގެ އަންހެން ކުއްޖަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު