ތ. ތިމަރަފުށީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވް ވީ އެރަށު ހޯމް ކަރަންޓީނުގައި ހުރި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުންނެވެ.
މިއީ ތިމަރަފުށިން ކޮވިޑް ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ތ. އަތޮޅުން ކޮވިޑް ކޭސް އެއް ފެނުނު ތިން ވަނަ ރަށެވެ. އެ އަތޮޅުން ދެން ކޮވިޑް ކޭސްތައް ފެނިފައިވަނީ މަޑިފުއްޓާއި ވިލުފުށިންނެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 6225 އަށް އަރާފައިވާއިރު ރަށްރަށުން ކޮވިޑް ކޭސްތައް ފެންނަ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު މާލެ ފިޔަވައި 20 ރަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަ ތިއްބެވެ. އެއީ ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ހދ. ކުރިނބި، ނ. މިލަދޫ، ބ. ކަމަދޫ، ބ. ކުޑަރިކިލު، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށީގެ އިތުރުން ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު