ކޮވިޑް ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން މިހާރު އެވްރެޖުކޮށް ބަލި ޖެހެނީ ދޭއް ނުވަތަ ތިން މީހުންނަށް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެވްރެޖުކޮށް ހަތަރު މީހުންނަށް ބަލި ޖެހޭ ކަމަށް މީގެ ކުރިން އެނގެން އޮތް ނަމަވެސް އެ އަދަދު މިހާރު މަދުވެފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވި ނަމަވެސް، ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން މިހާރު އެވްރެޖުކޮށް ބަލި ޖެހެނީ ދޭއް ނުވަތަ ތިން މީހުންނަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން ގިނައީ ކުދި ކަލަސްޓާތަކަށް ނިސްބަތްވާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދިހަވަނަ ހަފުތާގައި އިންފުލުއެންސް ފެށުނުއިރު ހުރީ ހަތަރެއްގައި. އޭގެ މާނައަކީ ބަލި ޖެހޭ އެކްޓިވް މީހެއްގެ ފަރާތުން އިތުރު ހަތަރު މީހުންނަށް ބަލި އެބަ ޖެހެއޭ. އެހެންނަމަވެސް އެ ނަންބަރުތައް މައްޗަށް ގޮސްފައި ހަތެއް އަށަކާ ހަމައަށް އަރާފައި މިވަނީ 18 ވަނަ ހަފުތާއަށް ދިޔައިރު. އެހެންނަމަވެސް މިހާރު 26، 27 ވަނަ ހަފުތާއިން ފެށިގެން އެ ނަންބަރު ދޭކަށް ތިރިވެފަ އަދި މިހާރު ވަނީ ތިނަކާއި ދޭކާ ދޭތެރޭގައި ހިފެހެއްޓިފައި،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، އެކަކުގެ ފަރާތުން ބަލި ޖެހޭ މީހުންގެ އަދަދު ދަށްވި ނަމަވެސް ބަލި ޖެހޭ މީހުންގެ ޖުމުލަ އަދަދު ދަށް ނުވަނީނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
ބަލި ޖެހޭ މީހުންގެ ތެރޭގައި ދިވެހިންގެ ނިސްބަތް ގިނަކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، އެއްވެސް ކްލަސްޓާއަކަށް ނިސްބަތް ނުވާ މީހުންގެ އަަދަދުވެސް އިތުރުވަމުންދާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު