ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން ހަރަދުކޮށްފައިވަނީ އޮޅުވާލުމުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ މައްސަލައަށް ބަލާއިރު ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ކުންފުންޏަށް އެޑްވާސްޕޭމަންޓް ގެރެންޓިއަކާނުލައި ފިނޭންސް މިނިސްޓްރީން ފައިސާ ދޫކޮށްފައިވާ ކަމަށްބުނެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ކޮވިޑް 19ގެ ކަންކަމުގައި ރައްޔިތުންނަށް ދޮގު މައުލޫމާތު ދީ އޮޅުވާލައިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން މާލިއްޔަތުގެ ގާނޫނާއި ގަވައިދާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން، ބައެއް މެންބަރުން ވިދާޅުވީ، އެ ބޮޑު ކޮރަޕްޝަންއެއް ކަމަށެވެ. އަދި އެއީ ބަޔަކު ދުރާލާ ރާވައިގެން ވަގަށް ނަގާފައިވާ ފައިސާ ކަމަށާއި، އެކަންކުރި އެންމެނަށް ތަހުގީގުކޮށް މަގާމުން ވަކި ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ، އެއްވެސް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާ ނުލައި ވެންޓިލޭޓަރު ގަންނަން ހޭދަވާ އަދަދުގެ 90 ޕަސެންޓް ޕޭމެންޓް ފިނޭންސް މިނިސްޓްރީން ދުބާއީ ކުންފުންޏަށް ދޫކުރަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.
އެންމެ ބޮޑެތި ޕްރޮޖެކްޓްތަކުގައިވެސް، ގެރެންޓީއަކާ ލައިގެންވެސް ފިނޭންސް މިނިސްޓްރީން ދޫކުރަނީ 15 ޕަސެންޓްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތަކީ ތިންމަސްދުވަސް ކަމަށްބަލައި، އީދެއް އައިސްގެންއުޅޭގޮތަށް އެފަރާތްތަކުން މަސައްކަތްކުރީ، ފައިސާނެގުމަށް ކަމަށްވެސް މެންބަރު ތުހުމަތު ކުރެއްވިއެވެ.
"ފިނޭންސް މިނިސްޓަރު ވިދާޅުވި، ދިވެހި ރާއްޖޭގެ އިގްތިސާދު އޮތީ ވެންޓިލޭޓަރެއްގެ ތެރޭގައޭ، އެދުވަހު ހިތައްއައީ ދޮހޮއްކޮބޭގެ ލަވައެއް، ނޭގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް، އެހެންނަމަވެސް މިއަދު އަލުގަނޑަށް ވިސްނިއްޖެ. އެ ވިދާޅުވީ ވެންޓިލޭޓަރެއްގެ ތެރެއަށް އަޅައިގެން ރާއްޖޭގެ ބައިތުލްމާލުގައިހުރި ފައިސާތަކެއް ނެރެގެން ގެންދާ ވާހަކަތަކެއްކަން،" މެންބަރު ނަސީރު ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ، ބޮޑެތި ކުންފުނިތަކަށްވެސް ފައިސާ ދޫކުރަނީ، ގެރެންޓީ ދީގެން ކަމަށާއި، ގެރެންޓީއެއްނެތި 30 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގައި ފިނޭންސް މިނިސްޓްރީން ޒިންމާވާންޖެހޭނެ ކަމަށެވެ.
އެމްޑީޕީ މެންބަރުންވެސް މި މައްސަލައިގައި ނުސީދާކޮށް ވަނީ ފިނޭންސް މިނިސްޓަރަށް ފާޑު ވިދާޅުވެފައެވެ.
އެބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދާއި، މަޖިލީހުގެ ނައިބުރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި ހުޅުދޫ ދާއުރާގެ މެންބަރު އިލިޔާސް ލަބީބު ހިމެނިވަޑައިގަންނަވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، އެކަން ކޮށްފައިވަނީ ސަރުކާރުގެ އިސް ބަޔަކު ބައިވެރިވެގެން ކަމަށެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު