ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޮބަލައިޒް ކޮށްފައިވަނީ ހޮނިހިރު ދުވަހު އެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހު މި މަޝްރޫއަށް ބޭނުންވާ އީއައިއޭ ހުއްދަ ލިބުމުން ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މި މަޝްރޫއުގެ ދަށުން ގުރައިދޫގައި 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް މީގެ ކުރިން ޕްލޭނިންގް މިނިސްޓްރީން ބުނެފައި ވެއެވެ.
ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ