ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހީމް ނަޒީމް ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން އިބްރާހީމް ނަޒީމް ވަކިކޮށްފައިވާ ކަމަށެވެ. އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އިއްޔެއިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ނަޒީމް އައްޔަންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އޭގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ އެމްޑީގެ މަގާމު ވެސް ފުރުއްވިއެވެ.
އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ކެބިނެޓުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 7 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވައިފައެވެ. އާރުޑީސީން ކުރަމުން އަންނަނީ މައިގަނޑު ގޮތެއްގައި މަގުހެދުމުގެ މަސައްކަތް ކަމަށާއި އެމްޓީސީސީއަކީ ވެސް މަގު ހަދައި، އަދި އެހެން އުމްރާނީ މަސައްކަތްތައްވެސް ކުރާ ކުންފުންޏެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަޒީމް ވަކިކޮށްފައިވާ އިރު، ސްޓެލްކޯގެ ދަށަށް ބަދަލުކޮށް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ހުސައިން ވެސް އިއްޔެ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ކޮމެންޓް