ހިންމަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު އަނެއްކާވެސް ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު، އެޗްއީއޯސީން މައުލޫމާތު ދިން ގޮތުގައި ހިންމަފުށިން ޕޮޒިޓިވްވެފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ހިންމަފުށީ ކައުންސިލްގެ ނައިބު ރައީސް ހަސަން ފާއިޒް ވިދާޅުވީ މި މީހާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭއިން ކައުންސިލަށް އަންގާފައިވަނީ މިއަދު ހެނދުނު ކަމަށެވެ. މި މީހާގެ ފުށުން ބަލީގެ އަލާމާތްތައް ފެންނަ ކަމަށްވެސް ފާއިޒް ފާހަގަ ކުރެއްވިއެވެ.
ފާއިޒް ވިދާޅުވީ އެމީހާ ހޯމް ކަރަންޓީނުގައި ހުރީ މީހުން ދިރިއުޅޭ ގެއަކަށް ވުމުގެ އިތުރުން، ރަށުގައި ކޮވިޑް ބައްޔަށް ފަރުވާދޭ ހާއްސަ ފެސިލިޓީއެއް ނެތުމުގެ ސަބަބުން ޕޮޒިޓިވް ވި މީހާ އެޗްޕީއޭގެ ފެސިލިޓީއަކަށް ބަދަލު ކުރުމަށް އެޗްޕީއޭގައި އެދިފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭގެ އިރުޝާދާއެކު ޕޮޒިޓިވް ވި މީހާ ހޯމް ކަރަންޓީނުގައި ހުރި ގޭގެ މީހުންވެސް މިހާރު 14 ދުވަހުގެ ހޯމް ކަރަންޓީނަކަށް ގޭގައި މަޑު ކުރުމަށް އަންގާފައިވާނެ ކަމަށް ފާއިޒް މައުލޫމާތު ދެއްވިއެވެ.
މިދިޔަ މަހުވެސް ހިންމަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު