ނ. މިލަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތު ދިން ގޮތުގައި މިލަދޫގައި ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި 22 އަހަރުގެ އަންހެނެކެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މިލަދޫ ކައުންސިލްގެ ރައީސް އިލްޔާސް އަބްދުއްސަމަދު ވިދާޅުވީ 22 އަހަރުގެ މި އަންހެން މީހާގެ އިތުރުންވެސް އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ދެމީހުންގެ ނަތީޖާވެސް ލިބިފައިވަނީ މިއަދު ހެނދުނު ކަމަށް އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުން ޕޮޒިޓިވް ވި ދެމީހުން އަދިވެސް ތިބީ ރަށުގައި ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެންމެ ކައިރީގައިވާ ކޮވިޑް ފެސިލިޓީއަކަށް މި ދެމީހުންވެސް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެޗްއޯއީސީން ވިދާޅުވެފައި ވަނީ ރަށެއްގައި ހޯމްކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވިޔަސް، އެމީހަކު ކަރަންޓީނު އުސޫލާ ހިލާފު ނުވާ ނަމަ އެރަށެއް ކަރަންޓީނަށް ނުލާނެ ކަމަށެވެ.