މިރޭ މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށާއި ކޮވިޑް މަރެއްކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އައިޖީއެމްއެޗަށް މިރޭ ގެނެވުނު އުމުރުން 83 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށާއި އޭނާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"އުސޫލެއްގެ މަތިން މިގޮތަށް ގެނެވޭ ކޮންމެ މީހެއްވެސް ޓެސްޓް ކުރެވޭ. މިގޮތަށް ކުރެވުނު ޓެސްޓުން އޭނާ ވަނީ ޕޮޒިޓިވް ވެފައި،" ނަޒްލާ ވިދާޅުވިއެވެ.
ނަމަވެސް އޭގެ ކުރިން އޭނާގެ ކިބައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެމީހާ މަރުވީ ކޮވިޑްގެ ބަލީގައިތޯ ނުވަތަ ނޫންތޯ ޔަގީން ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ތަފްސީލުތައް އާންމުކުރަމުންދާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑު ޖެހިގެން 21 މީހަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު