މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތެއް މިއަދު މެންދުރު 1:00 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މަރުވެފައި އޮތީ އިންޑިއާ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިދިޔަ މަހުގެ ތެރޭގައި މާލޭ ގެސްޓްހައުސެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.