ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ބޭނުންވާ 15 މިލިޔަން ޑޮލަރު ވީހާ އަވަހަށް ހޯދައިދިނުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ، ގަން އިންޓަރނޭޝަނަލް އެއާޕޯޓްގެ ހާލަތު، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ހިމަނައިގެން އެ ރިޕޯޓް މިއަދު މަޖިލީހުން ފާސްކޮށްގެންނެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ ގަން އެއާޕޯޓް ތަރައްގީ ކުރަން އެކުލަވާކާފައިވާ ޑިވެލޮޕްމަންޓް ޕްލޭންގައި 2020 އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 15 މިލިޔަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ގިނަ ކަންތައްތަކެއް ކުރުމަށް ސަރުކާރަށާއި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ރައިވެޓް ލިމިޓެޑަށް ވަނީ ލާޒިމް ކޮށްފައެވެ.

އެގޮތުން ގަން އިންތަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ޕްލޭންގައި 2025 އަހަރާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރާނެ ގޮތާއި، ޕްރޮޖެކްޓްތައް ފެށުމަށް ހަމަޖެހިފައިވާ ތާރީހާއި، ޕްރޮޖެކްޓްތައް ތަންފީޒު ކުރެވޭނެގޮތް އެނގޭ ތަފްސީލީ ޕްލޭނެއް އެކުލަވާލައި 45 ދުވަހުގެ ކުރިން ކޮމިޓީއާ ހިއްސާ ކުރުމަށް ވެސް ވަނީ ލާޒިމް ކޮށްފައެވެ.

ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ، ދޫގަސް، ގަން އެއާޕޯޓް ގެ ދަށަށް ބަދަލު ކުރުމަށް ކުރަންޖެހޭ އެންމެހޭ މަސައްކަތްތައް އަވަސްކޮށް، ގަމުގައި ސިޓީހޮޓަލެއް އެޅުމަށް ކުރަންޖހޭ މަސައްކަތްތައް އަވަސް ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށްވެސް ރިޕޯޓްގައި ހިމަނަިއގެން ފާސްކޮށްފައިވެއެވެ.

އެއާޕޯޓް ކުންފުންޏަކީ، އެ ސަރަހައްދުގެ ރައްޔިތުންނާ ގުޅިފައިވާ އަދި އެ ސަރަހައްދުގެ މުޅި ޓޫރިޒަމްއާ ގުޅިފައިވާ ކުންފުންޏެއްކަމުން މާލީގޮތުން އަރައި ނުގަނެވި ކުންފުންޏަށް ދިމާވާ ކޮންމެ ދެރަކަމެއްގެ އެންމެ ބޮޑު އަސަރު ކުރާނީ އައްޑޫ ސިޓީ އާއި އެ ސަރަހަދުގެ އިގްތިސާދައް ކަމުންނ އަދި ހުއްޓިގެންދާނީ ސަރުކާރުގެ އެތަކެއް ދުވަހުގެ ތަސައްވަރުކުރެވިފައިވާ އައްޑޫ ސިޓީއާއި އެސަރަހައްދުގެ ފަތުރުވެރިކަން ކަމުން ކުންފުނި ކޮޅަށްޖެހުމަށް ކުރާންޖެހޭ އެންމެހާ މަސައްކަތްތަކަށް މިނިސްޓްރީ އޮފް ފިނޭންސާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އައްޑޫ އިންޓަރނޭށަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެންނެވުމަށްވެސް ހިމަނާފައިވެއެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި މުދާ އެތެރެކުރާ ފަރާތްތަކާއި މުދާ ބެރުކުރާ ފަރާތްތަކަކީ ކޮބައިތޯ ބަލައި އައްޑޫ އިންޓަނޭށަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން އެ ފަރާތްތަކާ ބައްދަލުކޮށް އެ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދީ އެ ފަރާތްތަކަށް މުދާ އެތެރެކުރުމާ ބޭރުކުރުމުގާއި ފަސޭހަ ގޮތްތަކެއް އިންތިޒާމްކޮށްދިނުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ރައިވެޓް ލިމިޓެޑަށް އެންގުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.

އެ ސަރަހައްދުގައި އެއާޕޯޓްތައް އޮޕަރޭޓްކުރާ ފަރާތްތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކޮށް އެސަރަަހއްދުގެ ޓޫރިޒަމްއިތުރަށް ކުރިއެރުވުމަށް އެއާލައިންތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އެފަރާތްތަކާ މަޝްވަރާކޮށްގެން، ކުރިއަށް ގެންދިއުމަށް އެއާޕޯޓް ޕަރައިވެޓް ލިމިޓެޑަށް އެންގުމަށްވެސް ރިޕޯޓްގައި ހިމަނައިގެން ވަނީ މަޖިލީހުން ފާސްކޮށްފައެވެ.