މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ގަމުން އުމްރާގެ އަޅުކަމަށް ސައުދިއަރަބިއްޔާއަށް ދަތުރު ފަށައިފިއެވެ.
އައްޑޫއިން ސައުދީގެ ޖިއްދާއަށް އުމްރާވެރިންނާ އެކު ރޭ ފަތިހު 4:24ގައި ފުރަތަމަ ދަތުރު ފެށީ މޯލްޑިވިއަންގެ އޭ-330 ގެ މަތިންދާބޯޓުގައެވެ.
މި ދަތުރުގައި ހަމައެކަނި އައްޑޫސިޓީން 110 އުމްރާވެރިން ބައިވެރިވިއެވެ. އަދި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 149 އުމްރާވެރިން ބައިވެރިވެ ޖުމްލަ 259 އުމްރާވެރިން ބައިވެރިވިއެވެ.
"އައްޑޫ-މައްކާ"ނަމުގައި މި ރޫޓު ފަށާފައިވަނީ މޯލްޑިވިއަނާއި އައްޑޫއަށް ނިސްބަތްވާ އުމްރާ ގްރޫޕެއް ކަމަށްވާ "ދަތުުރުވެރިޔާ" އާއި ގުޅިގެންނެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ މަގުން މާލެ ފިޔަވައި އެހެން ސަރަހައްދަކުން އުމްރާގެ އަޅުކަމަށް ސީދާ ސައޫދީ އަރަބިއްޔާގެ ޖިއްދާ އަށް ދިވެހިން ކުރާ ފުރަތަމަ ދަތުރެވެ.
އާއިޝަތު މާހާ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
ކޮމެންޓް