އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީންގައި ހުރި އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރި 21 އަހަރުގެ ދިވެހި އަންހެނަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ހޯމް ކަރަންޓީންގައި ހުރި އިތުރު މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ އާދިއްތަ ދުވަހު ވަނީ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއަދު ޕޮޒިޓިވްވި މީހާއާއެކު އައްޑޫ ސިޓީން ހޯމް ކަރަންޓީނުން މި މަހުގެ ތެރޭގައި ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މިއަދު ޕޮޒިޓިވްވި މީހާގެ އިތުރުން ދެން ހިމެނެނީ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޓެސްޓު ކުރި ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި 58 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބިދޭސީ ފިރިހެނެއް އަދި ފޭދޫ ހޯމް ކަރަންޓީނުގައި ހުރި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު