މިވަގުތު ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދައުލަތުގެ ދަރަނީގެ މިންވަރު 4 ބިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ސަރުކާރުގެ ދަރަނި ރަނގަޅަށް ބަލަހައްޓަވަމުން ނުގެންދަވާތީ ދައުލަތުގެ ދަރަނި ސާފު ނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރުމަށް، މިނިސްޓަރު އަމީރުގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރުން ކަމަށްވާ، އަހުމަދު މުނައްވަރާއި އަބުދުﷲ ޖިހާދުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރު ކުރައްވައިގެން މިއަދު ކުރިއަށްގެންދިޔަ، މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ކޮމިޓީ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، ކޮމިޓީން ކުރާ މަސައްކަތަކީ، ދައުލަތުގެ ދަރަނި ހުރިިމިންވަރު ދެނެގަތުމާއި، އެ ދަރަނި ބެލެހެއްޓެމުންދާ މިންވަރު ދެނެގަތުމާއި، ދަރަނި ދޫކުރެވިފައިހުރިގޮތް ދެނެގަތުން ކަމަށެވެ.
އޭގެ އިތުރުން، ހާއްސަ ގޮތެއްގައި ދައުލަތުގެ ފަރާތުން ދީފައިވާ ސޮވަރިން ގެރެޓީ ދޫކޮށްފައިވަނީ ކޮން ފަރާތްތަަކަށްތޯ އާއި އެ ގެރެންޓީތަކަށް ފައިސާ ދެމުން ގެންދަން ޖެހެނީ ކޮން ކޮން ތާރީހުތަކެއްގައިތޯ ބެލުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ދައުލަތުގެ ދަރަނީގެ އަދަދު ސާފު ނުވާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓަރު އަމީރު ގާނޫނާ އެއްގޮތަށް އަމަލު ކުރައްވަމުން ނުގެންދަވާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
ނަމަވެސް މަޖިލިސް ރައީސްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުގެ ދަރަނި އޮޅުން ނުފިލައި އޮވެދާނެ ކަމާއި، ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ގާނޫނާ އެއްގޮތަށް ނުހިނގާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް