އދ. މަހިބަދޫން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން މަހިބަދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު ބުންޔާމީން ހަސަން ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ބުންޔާމީން ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި މީހާއަކީ 65 އަހަރުން މަތީގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާގެ ސާމްޕަލް މާލެއިން ނަގައިފައިވަނީ ހުކުރު ދުވަހު ހަވީރު އޭނާ މާލެ ގެންދިއުމުން ކަމަށް ބުންޔާމީން ވިދާޅުވިއެވެ.
މިވަގުތަށް ނަތީޖާ ލިބިފައިވަނީ އެ މީހާގެ ފުރަތަމަ ސާމްޕަލްގެ ނަތީޖާ ކަމަށް ބުންޔާމީން ފާހަގަ ކުރެއްވިއެވެ.
އެރަށުން މާލެ ގެނައި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިންމައި، ސިއްހީ މަރުކަޒުގެ ބައެއް މުވައްޒަފުންނާއި ޕޮޒިޓިވް ވި މީހާގެ އާއިލާގެ ބައެއް މެންބަރުން މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް ބުންޔާމީން ވިދާޅުވިއެވެ. ބަލި މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ކަށަވަރު ކުރުމަށް ނަގާފައިވާ ދެވަނަ ސާމްޕަލް ޕޮޒިޓިވް ވެއްޖެނަމަ އެޗްޕީއޭގެ ގައިޑް ލައިނުތަކާ އެއްގޮތުގެ މަތިން ރަށު ތެރޭ ކޮމިއުނިޓީ ސްޕްރެޑެއް ވާނެ ކަމަށް ބެލެވޭ ކަމަށް ބުންޔާމީން ވިދާޅުވިއެވެ.
ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ބެލެވެނީ ވަކި ރަށެއްގައި ބަލި ހުރިކަން ފާހަގަވެފައި ނެތި އެރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.
ބުންޔާމީން ވަނީ މަހިބަދޫގައި މިކަމާ ގުޅިގެން ރެންޑަމް ސާމްޕަލިންގް ނަގައިފައިވާކަން ފާހަގަ ކުރައްވައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު