އައްޑޫ ސިޓީ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހިތަދޫން ޕޮޒިޓިވްވީ އުމުރުން 38 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް އިއްޔެ ނެގި ސާމްޕަލުންނެވެ.
ހިތަދޫގެ އިތުރުން އައްޑޫ ސިޓީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި 38 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭނާ ޕޮޒިޓިވްކަން ވެސް އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ، މިދިޔަ ބުރާސްފަތި ދުވަހު ނެގި ސާމްޕަލުންނެވެ.
ނަމަވެސް ފޭދޫ މޮނީޓަރިންގެ ހާލަތަށް ގެންނަން ނިންމާފައިނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު