އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އާސަންދައިގެ ދަށުން އިންޑިއާއަށް ދިޔަ މީހުންގެ ތެރެއިން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ހަތަރު މީހަކާއި ކިމްްސްއަށް ދިޔަ ހަތަރު މީހަކު ކަމަށެވެ.
އާސަންދައިން އިއްޔެ ބުނި ގޮތުގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް ދިޔަ ބެޗުން ބަލި މީހެއްގެ އިތުރުން ތިން އެހީތެރިން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން ދެ އެހީތެރިންނާއި ބަލިމީހާ މިހާރު ވަނީ ކޮވިޑުން ފަސޭހަވެފައި ކަމަށާއިި އަމްރީތާ ހޮސްޕިޓަލުގައި ބަލިން ފަސޭހަ ނުވެ މިހާރު ހުރީ ބަލި މީހެއްގެ އެހީތެރިއެއް އެކަނި ކަމަށް އާސަންދައިން އިއްޔެ ވަނީ ބުނެފައެވެ.
އާސަންދައިން ބުނެފައިވާ ގޮތުގައި މިމަހުގެ 29 ވަނަ ދުވަހު ކިމްސް ހޮސްޕިޓަލަަށް ދިޔަ ބެޗުގެ ބަލި މީހަކާއި އެހީތެރިޔަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އާސަންދައިގެ ދަށުން އިއްޔެވެސް ވަނީ 50 މީހަކު އިންޑިއާއަށް ގޮސްފައެވެ. އޭގެ ތެރޭގައި 21 ބަލި މީހުން ހިމެނެއެވެ. މިއީ އިންޑިއާއަށް ދިޔަ ހަތަރު ވަނަ ބެޗެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު