މަސްތުގެ ހާލުގައި ހުރި ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުގެ ހާލުގައި ހުރި ކަމަށް ތުހުމަތުކުރެވިގެން ކ. ކާށިދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރު ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެއްކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޔޫރިން ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ހައްޔަރުކުރި ފުލުސް މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށްބެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ފުލުސް މީހާއަކީ ޗުއްޓީއެއްގައި ކާށިދުއަށް ގޮސްގެން އުޅޭ މީހެއް ކަމަށާއި އޭނާއަކީ އެހެން ރަށެއްގައި ޑިއުޓީ ކުރަމުން އަންނަ މީހެއް ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު