އަންނަ ހަފުތާގެ ތެރޭގައި ވޮލެންޓިއަރުންނަށް ފްރަންޓްލައިން އެލަވަންސް ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ބައެއް ފަރާތްތަކަށް އެލަަވަންސް ދިނުން ލަސްވެފައިވަނީ ބޭނުންވާ ބައެއް މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާއި ދަރުމަވެރިންނަށް ފްރޮންޓްލައިން އެލަވަންސް ނުލިބިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެކުލަވާލައިފައިވާ ޕޯޓަލްއަށް ކޮންމެ ދުވަހަކު ކުރި މަސައްކަތާއި މަސައްކަތް ކުރި ގަޑިއާ އެއްކޮށް ލޮގްކުރަން ޖެހޭ ކަމަށެވެ. ފްރޮންޓްލައިން އެލަވަންސް މާދަމާ ލޮގްކޮށް ނިމޭނެ ކަމަށާއި އަންނަ ހަފުތާގެ ކުރީކޮޅު އެލަވަންސް ލިބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"އަންނަ ހަފުތާގެ ކުރީކޮޅު ވޮލެންޓިއަރުންނަށް އެލަވެންސް ލިބޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ސީދާ ގޮތުން އެންއީއޯސީގެ އޮޕަރޭޝަންސްގައި ހަރަކާތްތެރިނުވާ މުއައްސަސާތަކުން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާތީ، އެ ފަރާތްތަކަށް އެލަވަންސް ލިބޭނީ އެ މުއައްސަސާއެއް މެދުވެރިކޮށް ޕޯޓަލަށް ބޭނުންވާ މައުލޫމާތު އެޅުމުން ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު