ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި ގަވައިދަށް ނުފެތޭ އިތުރު 20 ތަނެއް ބަންދުކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު 235 ތަނެއް އިސްންޕެކްޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ 51 ތަނަކާއި 154 ފިހާރަ އާއި ފަސް ޖިމާއި ހަތަރު މާރުކޭޓް ހިމެނޭ ކަމަށެވެ.
"މީގެ ތެރެއިން ބަންދު ކުރެވުނީ 20 ތަނެއް. އެއީ ހަ ސެލޫން، ތިން މާރުކޭޓް އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތިން ތަނެއް،" ނަޒްލާ ވިދާޅުވިއެވެ.
އިއްޔެވެސް ވަނީ 146 ތަނެއް އިންސްޕެކްްޓް ކުރުމަށްފަހު 20 ތަނެއް އެޗްޕީއޭއިން ބަންދުކޮށްފައެވެ.
މިދިޔަ ހަފުތާގައި ފެށި އިންސްޕެކްޝަނުގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ބަންދު ކުރެއެވެ. އެގޮތުން ފުރަތަމަ ދުވަހު 27 ތަނެއް ބަންދުކުރިއެވެ. ދެވަނަ ދުވަހު 50 ތަނެއް ވަނީ ބަންދުކޮށްފައެވެ.
ކޮވިޑް 19ގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ބަންދުކުރުމަށްފަހު އެތަންތަން އަލުން ހުޅުވައި ހިދުމަތްދޭން ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތު ކުރުމަށްފަހުއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު