ރާއްޖެ އައި ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ ރާއްޖެ އައި ފަތުރުވެރިޔަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފާހަގަކޮށްލަން ރާއްޖެ އައި ޓޫރިސްޓަކު އިއްޔެ ވަނީ ޕޮޒިޓިވްވެފައި. ޕޮޒިޓިވްވީ އިނގިރޭސިވިލާތުގެ ޓޫރިސްޓެއް. އޭނާ މިވަގުތު ހުރީ އޭނާ ހުރި ރިސޯޓުގައި. އޭނާގެ ހާލު ރަނގަޅު. އަދި އާއިލާ މިވަގުތު ޓެސްޓުކުރަމުންދަނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެމީހާއަކީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ފަތުރުވެރިޔާ ކަމަށާއި އޭނާ ޕޮޒިޓިވްވީ ރާއްޖެއިން ފުރުމަށް ޓެސްޓުކުރުމުން ކަމަށެވެ. އަދި އޭނާ މިހާރު ހުރީ އޭނާ ޗުއްޓީ ހޭދަކުރަމުން އައި އޮބްލޫ ސަންގެލި ރިސޯޓުގައި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.