ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިޔަށްގެންދާ އިންސްޕެކްޝަނުގައި 146 ތަނެއް އިންސްޕެކްޓު ކުރުމަށްފަހު ގަވައިދަށް ނުފެތޭ އިތުރު 20 ތަނެއް ބަންދުކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 146 ތަނެއް އިންސްޕެކްޓުކޮށްފައިވަނީ އިއްޔެ ކަމަށެވެ. އަދި ބަންދު ކުރި 20 ތަން ބަންދުކޮށްފައި ވަނީ ވަގުތީ ގޮތުން ކަމަށް އެޗްޕީއޭގެ މި ޓުވީޓުގައި ބުނެފައި ވެއެވެ.

އެގޮތުން އިއްޔެ ބަންދު ކުރި ތަންތަނުގެ ތެރޭ ހިމެނެނީ؛

  • ސެލޫން/ބޯކޮށާ ފިހާރަ: 8 ތަނެއް
  • ފިހާރަ: 7 ތަނެއް
  • ކެފޭ/ރެސްޓޯރަންޓު: 3 ތަނެއް
  • ޖިމް: 2 ތަނެއް

މިދިޔަ ހަފުތާގައި ފެށި އިންސްޕެކްޝަނުގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ބަންދު ކުރެއެވެ. އެގޮތުން ފުރަތަމަ ދުވަހު 27 ތަނެއް ބަންދުކުރިއެވެ. ދެވަނަ ދުވަހު 50 ތަނެއް ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް 19ގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ބަންދުކުރުމަށްފަހު އެތަންތަން އަލުން ހުޅުވައި ހިދުމަތްދޭން ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތު ކުރުމަށްފަހުއެވެ.