ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމުކުލިިން ނަގާ ޖޫރިމަނާ ކުޑަކުރަން ނިންމައިފިއެވެ.
އެކަން އާންމުކޮށްފައިވަނީ އެފަދަ ތަންތަނުގެ ބިމު ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް ބަދަލުގެނަސްގެންނެވެ. އެ އިސްލާހު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.
އެ އިސްލާހުގައިވާގޮތުން ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާ ޓޫރިސްޓު ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ބިންބިމުގެ ކުލިން ނަގާ ޖޫރިމަނާ ވަނީ ކުޑަ ކޮށްފައެވެ. އިސްލާހުގައި ވަނީ މި ތަންތަނުން ސަރުކާރަށް ކުލި ދައްކަން ޖެހޭ ތާރީހާއި ހަމައަށް ކުލި ނުދައްކައިފިނަމަ ކުލީގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ 0.0493 ޕަސެންޓް ޖޫރިމަނާގެ ގޮތުގައި ނަގާނެ ކަމަށެވެ.
ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި މީގެ ކުރިން ނަގަނީ އަގުގެ 0.5 ޕަސެންޓެވެ. މިއަދުން ފެށިގެން މި ގަވައިދަށް އަމަލު ކުރަން ފަށައިފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް މިދުވަސްވަރު ވިޔަފާރިތަކަށް ދިމާވާ މައްސަލަތަކާ ގުޅިގެން ސަރުކާރުން އަންނަނީ ލުއިތައް ދެމުންނެވެ.
އެގޮތުން ރިސޯޓުތަކުން ދައްކަން ޖެހޭ ކުލި ޖޫން 2021 އިން ފެށިގެން ދެއްކުމަށް ފަސްކުރަން ވަނީ ނިންމައިފައެވެ ގެސްޓްހައުސްތަކުގެ ކަރަންޓާއި ފެން ބިލު ދެއްކުން ވެސް ވަނީ ފަސްކޮށްދީފަ އެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް