މ. ދިއްގަރު ބޯޓެއްގެ ހަތަރު ފަޅުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިކަން ދިއްގަރު ކައުންސިލްގެ ނައިބު ރައީސް ޔަހްޔާ އަބްދުއްރަހްމާން ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ޔަހުޔާ ވިދާޅުވީ ޕޮޒިޓިވް ވި ހަތަރު ފަޅުވެރިންނަކީ "ރޯޔަލް ބޯޓް"ގެ ހަތަރު ފަޅުވެރިން ކަމަށެވެ. އަދި މި ހަތަރު ފަޅުވެރިންނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ ހަތަރު މީހުން ކަމަށް ޔަހުޔާ ވިދާޅުވިއެވެ. މި ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެޗްޕީއޭއިން އެރަށު ސިއްހީ މަރުކަޒަށް އަންގައިފައިވަނީ މިއަދު 11:00 ހާއިރު ކަމަށް ޔަހުޔާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ރަށު ސިއްހީ މަރުކަޒަށް މިކަން އެންގި އިރު އެ ބޯޓު ވަނީ މާލެއިން ދިއްގަރަށް ދިއުމަށް ދަތުރު ފަށައިފައި ކަމަށް ޔަހުޔާ ވިދާޅުވިއެވެ. އެޗްޕީއޭއިންނާއި ރަށު ކައުންސިލުން ބޯޓަށާއި ބޯޓުގެ ވެރިންނަށް ގުޅައިގެން މިހާރު އެބޯޓު ދަތުރުކުރަމުންދާ ރޫޓު ބަދަލުކޮށްފައިވާ ކަމަށާއި، ރޯޔަލް ބޯޓު މިހާރު ދަތުރު ކުރަނީ މާލެ ދިއުމަށް ކަމަށް ވެސް ޔަހުޔާ ވިދާޅުވިއެވެ.
ދިއްގަރު ބޯޓެއްގެ ހަތަރު ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ހއ. އިހަވަންދޫ ބޯޓެއްގެ ކޭޝިއަރަކުވެސް މިހަފްތާގައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެމީހާގެ ކޮންޓެކްޓު ޓްރޭސިންގެ ދަށުން އިތުރު ފަޅުވެރިޔަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިހަވަންދޫ އެހެން ބޯޓެއްގައި މަސައްކަތް ކުރާ ފަޅުވެރިޔަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު