ރިސޯޓުތަކުން ރަށްރަށަށް ދާ މުވައްޒަފުންވެސް 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް 19 އަތޮޅުތެރެއަށް އަދި ނުފެތުރޭ ކަމަށާއި އަތޮޅުތެރެއިން ފެންނަ ހުރިހާ ކޭސްތަތަކީ މާލެއިން އަތޮޅުތެރެއަށް އިމްޕޯޓްވާ ކޭސްތައް ކަމަށެވެ. އެހެންކަމުން އަތޮޅުތެރޭގައި ކޮވިޑުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ހޯމް ކަރަންޓީންގައި ތިބޭ މީހުން ހޯމް ކަރަންޓީންގެ އުސޫލަށް ފުރިހަމައަށް އަމަލު ކުރުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ގިނަ ރިސޯޓުތަކެއްވެސް ހުޅުވައި ހިދުމަތްދޭން ފަށާފައިވާ ކަމަށާއި ރިސޯޓަކުން މުވައްޒަފަކު އަތޮޅުތެރެއަށް ދާ ނަމަވެސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
"ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކުވެސް އެއްވެސް ކަމެއް ދިމާވެގެންވިޔަސް އަތޮޅުތެރެއަށް ނުވަތަ ރަށަކަށް ދާ ނަމަ ކަރަންޓީންވާން ޖެހޭނެ. އެ ފަރާތްތަކުންވެސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވަނީ މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ކުރޫއިންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްވެސް ވަރަކަށް މާލެއަށް ނުވަތަ ރަށަށް ނުފޭބުމާއި، ބޯޓަށް މުދާ އަރުވާއިރުވެސް ގައިދުރުކަން ބެހެއްޓުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް 19ގެ ކޭސްތައް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިއަދު އެކަނިވެސް 156 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު