Close Election
Close
ކުއްލި ޚަބަރު

މިހާތަނަށް 64 ހެލްތު ކެއާ ވޯކަރުން އަދި 67 ފުލުހުން ޕޮޒިޓިވްވެފައިވޭ: ޑރ. ނަޒްލާ

މިހާތަނަށް 64 ހެލްތު ކެއާ ވޯކަރުން އަދި 67 ފުލުހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވެފައިވާ ހެލްތު ކެއާ ވޯކަރުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި އެކިއެކި މަސައްކަތްކުރާ ފަރާތްތައް ހިމެނޭ ކަމަށެވެ.

"މިހާތަނަށް މުޅި ޖުމުލަ 64 ފަރާތެއް ހެލްތު ކެއާ ވޯކާސްގެ ތެރޭގައި ޕޮޒިޓިވްވެފައިވޭ. އޭގެ ތެރެއިން މިދިޔަ މަހު 37 ފަރާތެއް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ޖުމުލަ 67 ފުލުހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން 21 ފުލުހަކު މިދިޔަ މަހު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު ހަ ފުލުހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.