ހަ ފުލުހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު "ވަން"އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ. ޑރ. ނަޒްލާ ވިދާޅުވީ ހަ ފުލުހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ ހަ އޮފިސަރެކެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މީގެ ކުރިންވެސް ވަނީ ބައެއް ފުލުހުން ބައްޔަށް ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިހާތަނަށް 3793 މީހަކު ޕޮޒިޓިވްވެފައިވާ އިރު، 2607 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެ ބަލީގައި 16 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު